25 Apr 2011, 15:36
އޮރިޔާމުން އާޓިފިޝަލް ބީޗުގެ މޫދަށް އެރި އުޅުނު މީހަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އެ ކޯޓުން ބުނީ ބަރަހަނާކޮށް އާޓިފިޝަލް ބީޗްގެ މޫދަށް އެރިގެން ޖަލަށް ލުމަށް ހުކުމްރީ ހ.ސާރޯކުގެ، އަލީ ނިއުޝާދު ކަމަށެވެ.
ނިއުޝާދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ކުށުގެ ދައުވާއާ ގުޅިގެން ބެލިބެލުމުން، މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި އާޓިފިޝަލް ބީޗުގެ ސަރަހައްދަށް ގޮސް ލައިގެން ހުރި ހުރިހާ އެއްޗެއް ބޭލުމަށްފަހު ބަރަހާނާ ހާލަތުގައި މޫދަށް އެރިފައިވާ ކަމަށް އޭނާ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.
ނިއުޝާދުގެ މައްޗަށް ހުކުމްކޮށްފައި ވަނީ އޭނާގެ އަމިއްލަ އިއުތިރާފްގެ މައްޗަށް ރިއާޔަތްކޮށް، އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ކުށް ޝާބިތުވުމުން ޤާނޫލުލްއުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.