ހެންވޭރު މަސްޖިދުލް ތަޤުވާގައި ނަމާދުކުރަން ހުރި މީހެއްގެ ފޯނު އަތުލަން މަސައްކަތް ކުރުމަށްފަހު އޭނާގެ ކަންފަތުން ބައެއް ބުރިކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެކެވެ. އޭނާގެ ވަނަވަރެއް އަދި ހާމައެއް ނުކުރެއެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ، ފޯނު ފޭރިގަންނަން މަސައްކަތް ކުރި މީހާ، ފޯނުގެ ވެރިފަރާތުގެ ވައަތްފަރާތު ކަންފަތުގައި ދަތް އަޅައި އެމީހާގެ ކަންފަތުން ބައެއް ބުރިކޮށްލާފައިވާ ކަމަށެވެ.

އަނިޔާވި މީހާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދީފައެވެ.