02 Mar 2016, 19:49
އިންޑޮނޭޝިއާއަށް އައި ބިންހެލުމާ ގުޅިގެން، މުއާސަލާތީ ކުންފުނި އުރީދޫ މެދުވެރިކޮށް އެގައުމަށް ހިލޭ ގުޅޭގޮތަށް ހަމަޖައްސައިފިއެވެ.
އުރީދޫއިން ބުނީ މިރޭ 12:00 އާ ހަމައަށް އުރީދޫގެ ނަމްބަރުތަކުން އިންޑޮނޭޝިއާއަށް ހިލޭ ގުޅޭނެ ކަމަށެވެ.
ދިމާވާ ގުދުރަތީ ކާރިސާތަކާ ގުޅިގެން ބޭރުގެ ގައުމުތަކަށް ހިލޭ ގުޅޭނެ އިންތިޒާމް އުރީދޫއިން އަންނަނީ ދެމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާއެކު އެގައުމަށްވެސް ހިލޭ ގުޅޭނެ އިންތިޒާމް އުރީދޫއިން ހަމަޖައްސައިދިނެވެ.
މިއަދު 5:49 ގައި ރިކްޓާ މިންގަނޑުން 7.9 ގެ ބާރުމިނުގައި އިންޑޮނީޝީއާގެ ސުމަޓްރާއަށް އައި އެ ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ. އެ ބިންހެލުން އައުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެތީ މޫސުމާ ބެހޭ އިދާރާއިން މިހާރު ވަނީ ޔެލޯ އެލާޓް ނެރެފައެވެ.