މީގެ އަހަރުތަކެއް ކުރިން ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކެއް ކުޅެފައިވަ ސްރީދޭވީ އާއި މިހާރުވެސް ފިލްމުތަކުން ފެންނަމުންދާ ނަވާޒުއްދީން ސިއްދީޤު އެކުގައި ފިލްމެއް ކުޅެން ނިންމައިފިއެވެ.

އެ ފިލްމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެމުން ނަވާޒުގެ ރެޕްރެޒެންޓޭޓިވް ބުނީ، އެ ފިލްމަށް ކިޔަނީ "މޮމް" ކަމަށެވެ.

"އާނ! ނަވާޒުއްދީން އާއި ސްރީދޭވީ އެކުގައި ފިލްމަކުން ފެނިގެންދާނެ. އެ ފިލްމަށް ކިޔަނީ 'މޮމް'،" ރެޕްރެޒެންޓޭޓިވް އާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

އޭނާ ބުނީ، ނަވާޒުއްދީން "މޮމް" ގައި ފިލްމުގައި ވަރަށް ހާއްސަ ގޮތަކަށް ފެނިގެންދާނެ ކަމަށެވެ. ނަމަވެސް ނަވާޒުއްދީން އެ ފިލްމުގައި އަދާ ކުރަނީ ކޮން ކަހަލަ ރޯލެއް ކަމެއް އޭނާ ހާމައެއް ނުކުރެއެވެ.

ރަވީ އުދްވަޔަރް ޑައިރެކްޓުކުރާ އެ ފިލްމު ގެ ޕްރޮޑިއުސަރަކީ ބަނީ ކަޕޫރު އެވެ.