މިއަހަރުގެ ކޮކާކޯލާ 'ޓީއެފްޖީ ލޯންގް ރަން'ގައި މިހާތަނަށް 200 މީހަކު ވަނީ ވަނީ ބައިވެރިވެފަ އެވެ. މިއީ އޭޕްރީލް މަހު 15ގައި ޓޯޓަލް ފިޓްނަސް އިން ހުޅުމާލޭގައި ބާއްވާ ދުވުމުގައި އިންޓާނެޝަނަލް ދުވުންތެރިންނަށް ފުރުސަތު ހުޅުވާލި މުއްދަތުގައި ބައިވެރިވެފައިވާ އަދަދެވެ. މި ބުރުގައި ދިވެހިން ބައިވެރިވި ނަމަވެސް ގިނައިން ބައިވެރިވެފައި ވަނީ "އިންޓަނޭޝަނަލް ރަނާސް" އެވެ.

'ޓީއެފްޖީ ލޯންގް ރަން' ގެ ސްޕޮންސާޝިޕް އެގްރިމެންޓްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓީއެފްޖީ މެނޭޖިން ޑިރެކްޓާ އަދި މަޝްހޫރު ފިޒިކަލް ޓްރެއިނާ ހުސައިން ޒިނާން ވިދާޅުވީ މިފަހަރުގެ 'ރަން'ގައި ވެސް ފުރުސަތު ހުޅުވާލެވިފައި ވަނީ 500 ދުވުން ތެރިންނަށެވެ. މިއަދުން ފެށިގެން ޢާންމުކޮށް ހުޅުވާލި ފުރުސަތަކީ ސީދާ ދިވެހިންނަށް ހުޅުވާލި ފުރުސަތެވެ.

500 މީހުންނަށް މިއަހަރު ވެސް ފުރުސަތު ދެނީ

ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ބާއްވަން ފެށި 'ޓީއެފްޖީ ލޯންގް ރަން'ގައި މިދިޔަ އަހަރުން 500 މީހުންނަށް ދުވުމުގެ ފުރުސަތު ވަނީ ދީފަ އެވެ. ނަމަވެސް މިދިޔަ އަހަރު ވެސް 525 މީހުން ލޯންގް ރަންގައި ބައިވެރިވެފައިވެ އެވެ.

ޓީއެފްޖީ 'ރަން'ގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވާން ބޭނުންވާއިރު 500 މީހުންގެ ޖާގައިގެ ސަބަބުން ދުވަން ބޭނުންވާ ގިނަ ޢަދަދެއްގެ މީހުންނަށް ޖާގައެއް ނުލިބެ އެވެ. މިއީ ގިނަ ދުވުންތެރިންގެ ވެސް ޝަކުވާއެކެވެ.

ނަމަވެސް މިސުވާލަށް ޖަވާބު ދެއްވަމުން ޒިނާން ވިދާޅުވީ 'ޓީއެފްޖީ ރަން' ގެ ބޭނުމަކީ ފަހި މާހައުލެއްގައި ދުވުމުގެ ފުރުސަތު ހުޅުވާލަ ދިނުން ކަމަށާއި 500 އަށް ވުރެ އަދަދު ގިނަ ވެއްޖެނަމަ ހިތްހަމަޖެހިގެން އިވެންޓް ކުރިއަށް ގެންދިއުމަށް ދަތިވާނެތީ ކަމަށެވެ.

'ޓީއެފްގީ ލޯންގް ރަން' ގައި ބައިވެރިވުމަށް ހަދާނީ ކިހިނެތް

ޓީއެފްޖީ ލޯންގަރަން ބައިވެރިވުމަށް ޓީއެފްޖީއިން ހުޅުވާލަފައި ވަނީ އޮންލައިން ޕްލެޓްފޯމެކެވެ. ޒިނާން ވިދާޅުވީ ޓީއެފްޖީ ރަންގައި ބައިވެރިވުން އޮންނަނީ މެނައުލްކޮށް ފޯމް ހުށަހަޅައިގެން ނޫން ކަމަށެވެ. އެކަމަށް ޓީއެފްޖީން ހިޔާރުކޮށްފައިވާ ޕްލެޓްފޯމަކީ ގޯޓްރޭސްޑޮޓްކޮމް އެވެ. 'ގޯޓްރޭސް'އަކީ އޭޝިއާގެ އެކި ކުޅިވަރުތަކަށް އޮންލައިން ރަޖިސްޓްރޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ވެންސައިޓެވެ.

މިވެބްސައިޓްގައި 'ދުވުމުގެ ކެޓަގަރީ އިހްތިޔާރު ކުރުމުން 'ގޯޓް ރޭސް' މެދުވެރިކޮށް އޮންލައިން ރަޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލެވިފައިވާ ދުވުމުގެ އިވެންޓްތައް ފެންނަން ހުންނާނެ އެވެ. އޭޕްރީލް 15 ގައި ފަށާ 'ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަން'ގެ ރަޖިސްޓްރޭޝަނާއި ރޭހާ ބެހޭ އިތުރު މައުލޫމާތުތައް ވަނީ ޢާންމުކޮށްފަ އެވެ.

ރޭސްގެ ޓައިމް އާއި ޕޮއިންޓް ދޭނީ ބޭރުގެ މާހިރުން

ކޮކާލޯ ލޯންގް ރަންގައި ޓައިމިންއާއި ޕްއިންޓް ދޭ ސިސްޓަމް ކުރިއަށް ގެންދަނީ 'ގޯ އެޑްވެންޗާ'އިންނެވެ. ޓީއެފްޖީއަކީ 'ގޯ އެޑްވެންޗާ'ގެ ރާއްޖޭގެ އޮތަރައިޒް ޕާޓްނާއެވެ.

ޒިނާން ވިދާޅުވީ ރާއްޖޭގައި ބާއްވާ ރޭސްތަކުގައި ވެސް ޓައިމް އާއި ޕޮއިންޓް ދޭ ސިސްޓަމް ބެލެހެއްޓުމުގެ ގާބިލުކަން މިހާރު ޓީއެޖީގެ ކިބައިގައި ހުންނާނެ ކަމަށާއި އަދި 'ގޯ އެޑްވެންޗާ' އިން ވަނީ ޓީއެފްޖީއަށް އެކަމުގެ ވެރިފިކޭޝަން ސެޓްފިކެޓް ދީފައެވެ.

ކޯކާކޯލާ ލޯންގް ރަންގައި ޓައިމް އާއި ޕޮއިންޓް ދޭ ސިސްޓަމް ބެލެހެއްޓުމަށް 'ގޯ އެޑްވެންޗާ'ގެ އިންޓަނޭޝަނަލް ޕޮއިންޓް ޓެކްނީޝަނުން ރާއްޖެ އަންނާނެ ކަމަށް ޒިނާން ވިދާޅުވި އެވެ.

ލޯންގު ރަންގެ ދުވުމުގެ އިވެންޓް ކުރިއަށް ގެންދާނީ ކިހިނެއް

ޓީއެފްޖީ ލޯންގް ރަން ފެށުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 15 ވަނަ ދުވަހުގެ ރޭ ފަތިހު 3:20 ގައެވެ. ގާތް ގަނޑަކަށް ހަތަރު ވަރަކަށް ގަޑިއިރަށް ކުރިއަށް ގެންދާ މިލޯންގް ރަން ކުރިއަށް ގެންދަނީ ހަތަރު އިވެންޓަކަށް ބަހަލައިގެންނެވެ. ހުޅުމާލޭގައި ދުވުމުގެ އިވެންޓު ކުރިއަށްދާއިރު މާލެއިން އަންނަ މީހުންނަށް ފެރީ ދަތުރުގެ އިންތިޒާމު ހަމަޖެއްސިފައި އޮންނާނެ ކަމަށް ޒިނާން ވިދާޅުވި އެވެ. އަދި ފެރީޓާމިނަލުން ފެށިގެން ރޭސް އޮންނަ ސަރަހައްދަށް ބަހުގައި ވަޑައިގަތުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވެސް ޒިނާން ވިދާޅުވިއެވެ.

ހުޅުމާލޭގެ ތަރައްޤިގެ އެންމެ ގިނަ މަޝްރޫއުތައް ކުރިއަށްގެންދާ އަދި ކޮކާކޯލޯ ޓީއެފްޖީ ލޯންގް ރަން' ގެ އެއް ޕާޓްނާ ކަމުގައިވާ ހައުސިންގ ޑިވްލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ރޭސް އޮންނަ ސަރަހަދު ތައްޔާރު ކުރުމުގައި އެޗްޑީސީން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.