މާލޭގައި ހުންނަ ގަހާނާ ވިއްކާ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ގަހަނާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި ވައްކަން ކޮށްފައި ވަނީ ނިކަގަސްމަގުގައި ހުންނަ "ފިލިވޮށި" ނަމަކަށް ކިޔާ ފިހާރައަކުން ކަމަށެވެ.

އަދި އެ ފިހާރައިން ގިނަ އަދަދެއްގެ ފައިސާގެ އަގުހުރި ގަހަނާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.