02 Mar 2016, 11:04
ހެންވޭރު މަސްޖިދުލް ތަޤުވާގައި ނަމާދުކުރަން ހުރި މީހެއްގެ ފޯނު އަތުލަން މަސައްކަތް ކުރުމަށްފަހު ފޯނު ނުދިނުމުން އޭނާގެ ކަންފަތުން ބައެއް ބުރިކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެފަދަ ހާދިސާއެއް މިއަދު 9:30 ހާއިރު ހިނގާފައިވާ ކަމަށާއި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދިވެއްސެކެވެ.
އޮފިޝަލް ވިދާޅުވީ ފޮނު ފޭރިގަންނަން މަސައްކަތް ކުރި މީހާ، ފޯނުގެ ވެރިފަރާތުގެ ވައަތްފަރާތު ކަންފަތުގައި ދަތް އަޅާ އެމީހާގެ ކަންފަތުން ބައެއް ބުރިކޮށްލާފައިވާ ކަމަށެވެ.
އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.