02 Mar 2016, 09:19
އައްޑޫ ސިޓީގެ ހިތަދޫގައި ވިޔަފާރިވެރިޔަކު މަރާލުމަށްފަހު އެއްލާލާފައި އޮއްވައި ފެނިއްޖެއެވެ.
މަރާލުމަށްފަހު ޗަސްބިމަކަށް އެއްލާލާފައި އޮއްވައި ފެނިފައި ވަނީ ސ. ހިތަދޫ، ބުރުނީގެ އަބްދުﷲ އަލީ އެވެ.
އޭނާ އަކީ ހިތަދޫ ޓޫވޭވް ފިހާރައިގެ ވެރިޔާއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 53 އަހަރުގެ އެ މީހާ ފެނުނީ ގެއްލިގެން މިއަދު 7:15 އިން ފެށިގެން ހޯދަމުން ދަނިކޮށް 8:50 ގައި ހިތަދޫ ސްކޫލާ ދިމާލު ޗަސްބިމަށް އެއްލާލާފައި އޮއްވައި ކަމަށެވެ.
ހިތަދޫން ވާހަކަދެއްކި މީހަކު ބުނީ އޭނާގެ އާއިލާގެ މީހުން ހެނދުނު ފިހާރައަށް ދިޔައިރު ފިހާރައިގެ ދޮރު ހުރީ ހުޅުވާފައި ކަމަށާއި އެ ފިހާރައިން ވައްކަންކުރި ކަމަށް ބެލެވޭ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ހަށިގަނޑުގައި އެއްވެސް ކަހަލަ ޒަޚަމެއް ހުރިތޯ ބަލަމުން އަންނަ ކަމަށެވެ.