ސްޓޮކްހޯމް (މާޗް 2) : މިއަހަރު ދިނުމަށް ހަމަޖެހިފައިވާ ސުލްހައިގެ ނޮބެލް އިނާމަށް 376 ފަރާތެއްގެ ނަން ލިސްޓު ކުރެވިފައިވާ ކަމަށް ނޮބެލް އިންސްޓިޓިއުޓުން ބުނެފިއެވެ.

އެއިންސްޓިޓިއުޓުން ބުނީ މި 376 ފަރާތުގެ ތެރޭގައި ހިމެނެނީ 228 މީހުންނާއި 148 އޮގަނައިޒޭޝަން ކަމުގަ އެވެ. މިދިޔަ އަހަރު ސުލްހައިގެ ނޮބެލް އިނާމަށް 376 ލިސްޓު ކުރެވުނީ 278 ފަރާތެއްގެ ނަމެވެ. މީގެތެރޭގައި ވެސް މީހުންނާއި އޮގަނައިޒޭޝަންތައް ހިމެނެއެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ސުލްޙައިގެ ނޮބެލް އިނާމު މިއަހަރު ލިބޭނެ ކަމަށް ބެލެވިފައިވާ ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ޖާސޫސީ ސިއްރުތައް ބޭޒާރުކޮށްލި އެޑްވަޑް ސްނޯޑަން އާއި ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކަލް އާއި ކޮލަންބިޔާގެ ސަރުކަރާއި އެގައުމުގެ އިދިކޮޅު ފާރްކް ޖަމާއަތް ހިމެނެއެވެ.

އެޑްވަޑް ސްނޯޑަން އަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގެ ސަބަބުން އެމެރިކާގެ އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ އެމެރިކާގެ ރައްޔިތެކެވެ. އޭނާއަށް ހިމާޔަތް ދީފައި ވަނީ ރަޝިޔާއިންނެވެ. ސްނޯޑަން ބޭޒާރުކޮށްލި އެމެރިކާގެ ޖާސޫސީ ބައެއް ސިއްރުތަކުގެ ސަބަބުން އެތަށް ބައެއްގެ ފުރާނަ ވަނީ ސަލާމަތްވެފަ އެވެ. (އަލްޖަޒީރާ)