01 Mar 2016, 23:51
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވަމުން އަންނަ 14 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މަޖީދިއްޔާ ސްކޫލް އާއި ރަނަރަޕް އިސްކަންދަރު ސްކޫލް ދެ ގޫރޫޕް އެއްގައި ހިމެނި، އެ މުބާރާތުގެ ގުރުއަތުލުން މިރޭ ބައްވާފިއެވެ.
އެކަމަށްޓަކައި އެފްއޭމް ހައުސްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ މުބާރާތުގައި ބާއިވެރިވާ ދިހަ ސްކޫލުން ވެސް ބައިވެރިވެފައިވާ އިރު ގުރުލުން ބާއްވާފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ވެސް ފަސް ޓީމް ހިމެނޭގޮތަށެވެ.
އެގޮތުން ގްރޫޕް އެކެއްގައި ހިމެނެނީ އިސްކަންދަރު ސްކޫލާއި ތާޖުއްދީން ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަންލަ ސްކޫލާއި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.
ގުރޫޕް ދޭއްގައި ހިމެނުނު ޓީމް ތަކަކީ ރެހެންދި ސްކޫލާއި މަޖީދިއްޔާ ސްކޫލާއި އިމާދުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލްގެ އިތުރުން ކަލާފާން ސްކޫލެވެ.
މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހާއި ހަމައަށް ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި އެހެން އަހަރުތަކާއި ހިލާފަށް މި އަހަރުގައި އެންމެ މޮޅު 11 ކުޅުންތެރިން ހޮވާނެ ކަމަށް އެފްއޭއެމް އިން މައުލޫމާތު ދެއެވެ. އަދި އެ 11 ކުޅުންތެރިންގެ ތެރޭގައި އެއް ގޯލް ކީޕަރު ހިމެނޭނެއެވެ.