ފިލިޕްސް އިން އުފައްދާފައިވާ "ސްޓީމް" އިސްތިރިއަށް ހާއްސަ ޕްރޮމޯޝަނަކާ އެކު މަކިޓާ ބްރޭންޑުގެ އުފެއްދުންތަކުން ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ފަށައިފި އެވެ.

ފިލިޕްސް ބްރޭންޑުގެ ސްޓީމް އިސްތިރިއަށް ހާއްސަކޮށް އެސްޓީއޯ އިން މިއަދު ފެށި ޕްރޮމޯޝަނަކީ "ފިލިޕްސް ސްޓީމް އަޔަން ގިވްއަވޭ" ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

އެސްޓީއޯގެ ބްރޭންޑް މެނޭޖަރު އައިމިނަތު ޝުރުފާ ވިދާޅުވީ، ޕްރޮމޯޝަން ކުރިއަށްދާ އިރު، އެސްޓީއޯ އިން ގަންނަ ކޮންމެ އިސްތިރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އެގޮތުން މާލޭގައި ހުންނަ އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓްގައި ކޮންމެ ދުވަހަކު ނަގާ ލަކީޑްރޯ އަކުން ކަސްޓަމަރަކަށް އިސްތިރިއެއް ލިބޭނެކަމަށް ޝުރުފާ ވިދާޅުވި އެވެ.

އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައި ޕްރޮމޯޝަން ކުރިއަށްދާ އިރު، ކޮންމެ ފިހާރައަކުން ވެސް އެއް ނަސީބުވެރިއެއް ހޮވާނެކަމަށް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.

އެސްޓީއޯ އިން މިއަދު ފަށާފައިވާ ދެވަނަ ޕްރޮމޯޝަނަކީ މަކިޓާ ބްރޭންޑްގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ފެށި ޕްރޮމޯޝަނެކެވެ.

އެގޮތުން އެ ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ގަންނަ، މަކިޓާ ބްރޭންޑުގެ ކޮންމެ އުފެއްދުމަކަށް 25 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

އެ ދެ ޕްރޮމޯޝަން ވެސް ކުރިއަށްދާނީ މިއަދުން ފެށިގެން މި މާޗްމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.