އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި 25 ބުރީގެ އިމާރާތެއް އަޅަން ސިންގަޕޫރުގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

ނޭޝަނަލް ޑަޔަގޮނަސްޓިކް ސެންޓަރެއް ހިމެނޭ ގޮތަށް އަޅާ އެއިމާރާތް އަޅަން ސަރުކާރުން ހަވާލުކުރީ ސިންގަޕޫރުގެ ޗަންހުއާ ނަމަކަށް ކުންފުންޏަކާއެވެ. އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޢަބުދުﷲ ޖިހާދެވެ. އަދި ޗުންހުއާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ލީ ފެއި ޝެން އެވެ.

އެއިމާރާތް އަޅަނީ 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ)ގެ އަގަކަށެވެ.

އިމާރާތް ކުރުމުގެ އަގު ޗުންހުއާ ކުންފުންޏަށް ދައްކަން ޖެހޭނީ ތިން އަހަރު ދުވަހަށް ބަހާލައިގެންނެވެ.

އެ މަޝްރޫއުގައި 25 ބުރީގެ އިމާރާތުގެ އިތުރުން 10 ބުރީގެ އިމާރާތެއް ވެސް ހިމެނެ އެވެ.

އެ ބިލްޑިންގަކީ ހަމައެކަނި ޑައިގްނޯސްޓިކް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއް ނޫން ކަމަށާއި ނަމަވެސް ހަ ފްލޯވަރު ހާއްސަ ކުރެވޭނީ ޑައިގްނޯސްޓިކް ފެސިލިޓީއެއްގެ ގޮތުގައެވެ.