01 Mar 2016, 15:43
ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިތީ ޒިންތާ ކައިވެނި ކޮށްފި އެވެ. އޭނާ ކައިވެނި ކޮށްފައި ވަނީ ދުވަސްތަކެއް ވަންދެން ރައްޓެހި ވެގެން އުޅުނު ލޮސް އެންޖަލިސް އަށް ނިސްބަތްވާ ޖީން ގުޑް އިންފައާ އެވެ.
ހަބަރުތައް ބުނާ ގޮތުން ޕްރިތީ އާއި ޖީން ކައިވެނި ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ލޮސް އެންޖެލަސް ގައި އޮތް އެ ދެ މީހުންގެ ކައިވެންޏަށް ދައުވަތު ދީފައި ވަނީ ހަމައެކަނި ރައްޓެހިންނާއި އާއިލާ މެމްބަރުންނަށް އެކަނި ކަމަށް ހަބަރުތައް ބުނެއެވެ.
އަދި އެ ދެ މީހުންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް ރިތިކުގެ ކުރީގެ އަންހެނުން ސުޒާން ޚާން އާއި ޑިޒައިނަރު ސުރީލީ ގޯޔަލް ލޮސް އެންޖަލިސް އަށް ދިޔަ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
އަންނަ މަހު އިންޑިއާ އަށް އައުމަށްފަހު އިންޑިއާގައި ވެސް، އެ ދެމީހުންގެ ކައިވެނީގެ އުފަލުގައި ބޮޑު ހަފުލާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
ޕްރިތީ ފިލްމީ ދާއިރާއަށް ތައާރަފުވީ "ދިލް ސޭ" ކިޔާ ފިލްމަކުންނެވެ. އޭނާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި، ވީރްޒާރާ، ކަލްހޯނަހޯ އަދި ކޮއި މިލްގަޔާވެސް ފާހަގަކޮށްލެވެއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ނަޗްބަލިޔޭގެ ހަތް ވަނަ ޝޯވްގެ ޖަޖެއްގެ ގޮތުގަައެވެ.