01 Mar 2016, 11:40
ކްރިމިނަލް ކޯޓުން ވަކި ގޮތެއް އަންގަންދެން ތިން މީޑިއާއެއްގެ ނޫސްވެރިންނަށް އެ ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތަކަށް ނުވަދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު "ސަން"އަށް ވިދާޅުވީ އެ ކޯޓުން ވަކިގޮތެއް އަންގަންދެން ޝަރީއަތުގެ އަޑުއެހުންތަކަށް ނުވަދެވޭ ތިން މީޑިއާއަކީ ހަވީރު އޮންލައިނާއި އަވަސް އޮންލައިނާއި ވީނިއުސް ކަމަށެވެ.
ނަމަވެސް އެގޮތަށް ނިންމީ ކީއްވެގެން ކަމެއް ކްރިމިނަލް ކޯޓުން އަދި ބުނެފައެއް ނުވެ އެވެ.