ބ. ހިތާދޫ ކައުންސިލް އިދާރާ ތިޖޫރީ ފަޅާލައިފި އެވެ.

ފުލުހުން ބުނީ، އެ ރަށު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ފައިސާ ވަގަށް ނަގާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އަދި ތިޖޫރީ ފަޅާލާ ވައްކަން ކޮށްފައިވަނީ އެ އިދާރާގެ ސެކިއުރިޓީ ގާޑު ބަނުމަށްފަހު ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް، ވަގަށް ނަގާފައި ވަނީ ކިހާ އަދެދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމަ އެއް ނުކުރެވެއެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.