03 Mar 2016, 09:02
މާމުޔަކީ ވަރަށް ގިނަ ބަލިތަކަކަށް ހުރި "ޝިފާ" އެކެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް މާމުއި ބޭނުން ކުރެއެވެ. އެއް ބަޔަކު ކާ އެއްޗެހީގެ ރަހަ ހެޔޮވަރު ކުރުމަށް މާމުއި ބޭނުން ކުރާ އިރު އަނެއް ބަޔަކު މާމުއި ބޭނުން ކުރަނީ ޒީނަތްތެރި ވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށެވެ.
ލިޕް ބާމް!
މާމުޔަކީ ލިބް ބާމެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. މާމުއި ގައި ގިނަ އަދަދަކަށް މޮއިސްޗަރައިސްކޮށް ދޭ ޕްރޮޕަޓީސް އެކުލެވެ އެވެ. އެހެންކަމުން 15 ވަރަކަށް މިނެޓު ވަންދެން މާމުއި ކޮޅެއް ތުންފަތުގައި ހާކާފައި ބަހައްޓާށެވެ. އަދި އެއަށް ފަހު ދޮވެލާށެވެ. ޔަގީނުންވެސް ތުންފަތް މޮއިސްޗަރައިސް ވާނެ އެވެ.
ހަށިގަނޑުގައި ހުންނަ ފާރުތައް ރަނގަޅު ކުރުމަށް!
މާމުއިގައި އެންޓި ބެކްޓީރިއަލް ޕްރޮޕްޓީސް ގިނަ އަދަދަކަށް އެލުލެވެއެވެ. އެހެންކަމުން، ހަށިގަނޑުގައި ހެދިފައި ހުންނަ ފާރުތަކާއި ފިހިފައި ހުންނަ ތަންތަން ފަސޭހަ ކުރުމަށް މާމުއި އެހީތެރި ވެދެެވެ. އެހެންކަމުން، ބެންޑޭޖެއް ފަދަ އެއްޗެއްގައި މާމުއި ހޭކުމަށް ފަހު ފާރުގަނޑުމަތީގައި ބާއްވާށެވެ. ފަސޭހަ ވުން އަވަސް ވާނެ އެވެ.
ހެއާ ކޮންޑިޝަނާ އަކަސްވެސް!
ހަންގަނޑު މޮއިސްޗަރައިސް ކުރުމާއެކު، އިސްތަށިގަނޑު މޮއިސްޗަރައިސް ކުރުމަށްވެސް މާމުއި އެހީތެރި ވެދެއެވެ. އެހެންކަމުން، ޖޯޑެއްގެ ދެބައި ކުޅަ އެއްބައި މާމުއި، ކުޑަ އޮލިވް އޮއިލް ކޮޅަކާ އެއްކޮށްލާށެވެ. އަދި އެ މިކްސްޗާ ކުޑަކޮށް ހޫނު ކޮށްލާށެވެ. އެއަށްފަހު އިސްތަށިގަނޑުގައި ހާކާށެވެ. އަދި އިސްތަށިގަނޑު ދެ ތިން މިނެޓު ވަންދެން ތުވާއްޔަކުން ނަމަވެސް ކަވަރު ކުރާށެވެ. ދެން ސާފު ފެންފޮދަކުން ދޮވެލާށެވެ.
ނިޔަފަތި ވަރުގަދަ ކުރުމަށް!
ބައެއް މީހުންގެ ނިޔަފަތިތައް ބަލިކަށި ވުމުގެ ސަބަބުން ހަލާކުވުން އަވަސް ވެއެވެ. އަދި އޭގެ ސަބަބުން އެތަކެއް އުނދަގުލަކާ ވެސް ކުރިމަތި ލާން ޖެހެއެވެ.
އެކަމަށްވެސް މާމުޔަކީ ފަރުވާއެކެވެ. އެގޮތުން އެއް ސައިސަމްސާ މާމުއި ކުޑަކުޑަ އެޕަލް ވިނެގާ ކޮޅަކާ އެއްކޮށްލާށެވެ. އަދި ފުޅާ ތަށްތަޓަކަށް އެޅުމަށް ފަހު އޭގެ ތެރޭގައި އަތް ބާއްވާށެވެ.(ނިޔަފަތި މިކްސްޗާގައި ހޭކޭ ގޮތަށް) އެއަށްފަހު ސާފު ފެންފޮދަކުން ދޮވެލާށެވެ.
އަދި އެ ޓްރީޓުމަންޓު ހަފްތާއަކު އެއް ފަހަރު ނަގާށެވެ.