29 Feb 2016, 23:58
ސަރުކާރު އޮފިސް އަދި ކުންފުނި ތަކަށް ހުޅުވާލައިގެން ކުލަބު މޯލްޑިވްސްއިން އިންތިޒާމް ކުރާ 'މައިލޯ ކުލަބު މޯލްޑިވްސް ފުޓްސަލް މުބާރާތުގެ' ފިރިހެން ކެޓަގަރީއިން އެންމެ ފަހުގެ ޗެމްޕިއަން އެސްޓީއޯ ގުރޫޕް 'އެޗް' ގައި ހިމެނުނު އިރު އަންހެން ކެޓަގަރީގެ ޗެމްޕިއަން ކުލަބު އިމިގްރޭޝަން ގޫރޫޕް 'އޭ' ގައި ލައްވާލައިފިއެވެ.
އަންހެން ކެޓަގަރީގެ މުބާރާރާތް ކުރިއަށް ގެންދަނީ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ނަމުގައެވެ.
ފިރިހެން ކެޓަގަރީގެ މުބާރާތް ކަމަށްވާ މައިލޯ ކުލަބު މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ފައިނަލްގައި އެސްޓީއޯއާ ވާދަ ކުރި އެލައިޑް އިންޝިއުރެންސްގެ ޓީމު 'އެލައިޑް' މިފަހަރު ހިމެނެނީ ގުރޫޕް 'ޖީ' ގައެވެ.
އަދި 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ އެންމެ ފަހުގެ ރަނަރަފް ޕޮލިސް ކުލަބު ހިމެނެނީ ގުރޫޕް 'ސީ' ގައެވެ.
މިދިޔަ އަހަރުގެ މައިލޯ ކުލަބު މޯލްޑިވްސް ކަޕްގައި 36 ޓީމަށް ފުރުސަތު ދީފައިވީނަމަވެސް މިއހަރު ފުރުސަތު ދީފައިވަނީ 32 ޓީމަށެވެ. 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 16 ޓީމު ވަނީ ބައިވެރިވެފައެވެ.
މިފަހަރު މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ޓީމުތައް ސީޑްކޮށްގެންނެވެ.