މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ، މިރޭ 7:30 ކަންހާއިރު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ، ހ. އައްޑޫގޭގައި ކަމަށާއި، އަލިފާން ރޯވެފައިވަނީ އެގޭގެ ކަރަންޓް ޑިސްޓްރިބިއުޝަން ބޯޑެއްގައި ކަމަށެވެ.

ޑީ-ބޯޑުގައި ރޯވި އަލިފާން ކުޑައިރުކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.