29 Feb 2016, 14:14
ކްރިމިނަލް ކޯޓު ކައިރިން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ދާދި ދެންމެއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ ޖަސްޓިސް ބިލްޑިންގް ކައިރިން އަމުރަށް ނުކިޔަމަންތެރިވި މައްސަލައެއްގައި ޝިފާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ޝިފާޒް ކްރިމިނަލް ކޯޓު ކައިރިން ހައްޔަރުކޮށްފައިވާ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރި މައްސަލައިގެ ހުކުމް އިއްވުން މިއަދު 13:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލް ކޮށްފަ އެވެ.
ނަމަވެސް މިއަދުގެ ޝަރީއަތުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ. އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ދައުވާ ލިބޭ އެކަކު ހާޒިރު ނުވުމުންނެވެ.