މިނިސްޓަރު އޮފް ސްޓޭޓް، މެދު ސަރަހައްދުގެ ޤައުމީ އިދާރާ ކަމަށް، މާފަންނު އުނިމާ އަހުމަދު އާދިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

އަހްމަދު އާދިލް މިހާތަނަށް ހުންނެވީ، މިނިސްޓަރު އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒް ކަމުގެ މަގާމުގަ އެވެ. އަދި އޭނާ އަކީ ހޯމް އެފެއާޒުގެ ޑީޕީއާރުއެސްއާ ބެހޭ ބައިގެ އެންމެ އިސްވެރިޔާ ވެސްމެ އެވެ.

ރައީސް އޮފީހުން ބުނީ އާދިލް އެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން، އޭނާ ކުރައްވަމުން ގެންދަވާނީ ހޯމް އެފެއާޒުން ކަނޑައަޅުއްވާ މަސައްކަތްތަކެއް ކަމަށެވެ.