29 Feb 2016, 16:49
އޮލިމްޕިކް ލިޔޯން އަތުން 1-2ގެ ނަތީޖާ އަކުން ބަލިވެ، ފްރާންސް ލީގުގައި ޕީއެސްޖީން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރިކޯޑު ނިމުމަކަށް އައިސްފިއެވެ.
އެ މެޗުން ބަލިވި ނަމަވެސް ޕީއެސްޖީ އަދިވެސް އޮތީ 73 ޕޮއިންޓާއި އެކު ލީގްގެ އެއްވަނައިގައެވެ. ދެވަނައިގައި 50 ޕޮއިންޓާއެކު މޮނާކޯ އޮތްއިރު، ޕީއެސްޖީގެ މައްޗަށް ކުރި ހޯދި ލިޔޯން އޮތީ 43 ޕޮއިންޓާއެކު ތިންވަނައިގައެވެ.
ލިޔޯންގެ ދަނޑުގައި ކުޅުނު އެ މެޗުގައި އެޓީމުން ވަނީ ފުރަތަމަ ހާފްގައި ދެ ގޯލުގެ ލީޑެއް ނަގައި ގަދަފަދަ ޕީއެސްޖީ ސިއްސުވާލާފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓްގައި އެ ގޯލު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ މެކްސްވެލް ކޯނެޓްއެވެ. އަދި ދެވަނަ ގޯލު ފުރަތަމަ ހާފްގެ އިތުރު ވަގުތުކޮޅުގައި އެ ޓީމަށް ކާމިޔާބް ކޮށްދިނީ ސާޖީ ޑާޑޭ އެވެ.
މިއީ މި ސީޒަނުގައި ލީގުގައި ޕީއެސްޖީ ބަލިވި ފުރަތަމަ މެޗަށްވާއިރު، އެޓީމު ވަނީ ބަލިނުވެ ލީގުގައި 36 މެޗު ފުރިހަމަކޮށްފައެވެ. ރޭގެ މެޗުގައި ޕީއެސްޖީއަށް ސުން ކަނޑުވާލަ ދިން ގޯލު ދެވަނަ ހާފްގެ ކުރީ ކޮޅުގައި ކާމިޔާބް ކޮށްދިނީ ލޫކަސް މޯރާ އެވެ.
މެޗަށްފަހު ޕީއެސްޖީގެ ކޯޗު ލޯރެން ބްލޯންކް ބުނީ އެ މެޗުގައި ރަނގަޅަށް ކުޅުނީ ލިއޯން ކަމަށާއި ނަމަވެސް ދެވަނަ ހާފްގައި ޕީއެސްޖީގެ ކުޅުންތެރިންގެ ފަރާތުން މޮޅުވާން ގިނަ މަސަތްކަތްތަކެއެ ކުރިތަން ފެނިގެން ދިޔަ ކަމަށެވެ.