29 Feb 2016, 13:46
ޑިޒައިން އެންޑް ބިލްޑު އުސޫލުން ހއ.ދިއްދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމަށް 52.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ދިއްދޫ ފެނުގެ ނިޒާމް ގާއިމު ކުރުމަށް ހަވާލުކޮށްފައި ވަނީ ރާއްޖޭގައި ގިނަ ޕްރޮޖެކްޓުތަކެއް ހިންގާފައިވާ އިންޑިއާގެ ސިއެރާ ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، އެއް އަހަރު ދުވަހުގެ ތެރޭގައި އެރަށުގައި ފެނުގެ ނިޒާމު ގާއިމުކޮށް ނިންމަން ޖެހެ އެވެ.
އަދި އެއްބަސްވުމުގެ ދަށުން ފެނުގެ ނިޒާމް ގާއިމު ކުރުމަށް ބޭނުންވާ ސާވޭ އަދި ޑިޒައިންގެ މަސައްކަތް ކުރެވި މުޅި ރަށުގައި ފެނުގެ ނިޒާމު ގާއިމު ކުރެވިގެންދާނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދިނުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށެވެ.