އައްޑޫ ސިޓީ ހިތަދޫ ގެއެއް ބަލައިފާސްކޮށް ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި ސާމާނުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ދިރިއުޅެމުންދާ ގެއިން މިދިޔަ ހުކުރު ދުވަހުގެ 19:30ގައި ކަމަށެވެ.

ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި ސާމާނުތައް ފެނިފައި ވަނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ ދިރިއުޅެމުންދާގެ ބަލައިފާސްކުރި އިރު އެގޭތެރެއިންނެވެ.

އެ ގެ ބަލައިފާސްކުރި އިރު އެގޭތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ހަން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.