ފިލްމީ ދާއިރާގައި މުޅި ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ އެކެޑެމީ އެވޯޑްސް ނުވަތަ، އާންމު ނަމުން ނަމަ އޮސްކާ އެވޯޑްސް އިން ހޮވި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިއޮނާޑޯ ޑިކެޕްރިއޯ އަށް ލިބިއްޖެ އެވެ.

ޑިކެޕްރިއޯ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހޯދާފައި ވަނީ "ދަ ރެވެނަންޓް"ގައި އޭނާ އަދާކޮށްފައިވާ ރޯލަށެވެ.

ހަތަރު ތަރިންނާ ވާދަކޮށް ޑިކެޕްރިއޯ އަށް އެވޯޑު ލިބުނު އިރު މިއީ އޭނާގެ ފިލްމީ ހަޔާތުގައި ލިބުނު ފުރަތަމަ އޮސްކާ އެވޯޑެވެ.

މިއަދު ނިމިގެން ދިޔަ 87 ވަނަ އެކަޑަމީ އެވޯޑްސްގައި އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑު ޑިކެޕްރިއޯ އަށް ލިބުނު އިރު އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑު ހޯދާފައި ވަނީ "ރޫމް"ގައި އަދާކުރި ރޯލުން، ބްރީ ލާސަން އެވެ.

އެކި ކެޓަގަރީތަކުން އޮސްކާ ހާސިލްކުރި ފަރާތްތައް:

އެންމެ މޮޅު ފިލްމު: ސްޕޮޓްލައިޓް

އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން): އަލީޝާ ވިކޭންޑާ (ދަ ޑެނިޝް ގާރލް)

އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން): މާކް ރައިލެންސް (ބްރިޖް އޮފް ސްޕައިސް)

އެންމެ މޮޅު ޑައިރެކްޓަރު: އަލިހަންދްރޯ ގޮންޒާލޭސް (ދަ ރެވެނަންޓް)

އެންމެ މޮޅު އެނިމޭޓެޑް ފީޗަރ ފިލްމު: އިންސައިޑް އައުޓް

އެންމެ މޮޅު ޑޮކިއުމެންޓަރީ ފީޗާ ފިލްމު: އެމީ

އެންމެ މޮޅު ޑޮކިއުމެންޓަރީ ކުރު ފިލްމު: އަ ގާރލް އިން ދަ ރިވާރ: ދަ ޕްރައިސް އޮފް ފޮގިވްނެސް

މިފަހަރުގެ އޮސްކާ އެވޯޑުގައި އެންމެ ގިނަ އެވޯޑު ހާސިލްކޮށްފައިވާ ފިލްމަކީ "މޭޑް މެކްސް" އެވެ. އެ ފިލްމަށް ވަނީ އެންމެ މޮޅު އެޑިޓިންގް، ކޮސްޓިއުމް، މޭކްއަޕް، ސައުންޑް އެޑިޓިން، ސައުންޑް މިކްސިންގް، އަދި ޕްރޮޑަކްޝަން ޑިޒައިންގެ އެވޯޑު ވެސް ލިބިފަ އެވެ.

"ދަ ރެވެނަންޓް" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ޑިކެޕްރިއޯ ހޯދި އިރު، އެ ފިލްމަށް ވަނީ އެންމެ މޮޅު ޑައިރެކްޝަން، އަދި ސިނެމެޓޮގްރަފީގެ އެވޯޑު ލިބިފަ އެވެ.

އިނގިރޭސި ބަސް ނޫން ބަހަކުން ހަދާފައި އޮތް އެންމެ މޮޅު ފިލްމުގެ އެވޯޑް ހޯދާފައިވާ ހަންގޭރީގެ ފިލްމެއް ކަމަށްވާ، "ސަން އޮފް ސައުލް" އެވެ.

މި އަހަރުގެ އޮސްކާގައި ފެނިގެން ދިޔަ ހުށަހެޅުންތަކުގެ ތެރެއިން ލޭޑީ ގާގާގެ އަސަރުގަދަ ހުށަހެޅުން ފާހަގަކޮށްލެވެ އެވެ.