26 Apr 2010, 11:52
14:30
ހުޅުމާލޭގެ ސިނާއީ ސަރަހައްދުން 16 ބިމެއް 25 އަހަރަށް ކުއްޔަށް ދިނުމަށް ބީލަމަށް ލައިފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ހަތަރު ސަރަހައްދަކުން ދޫކުރުމަށް ހަމަޖައްސާފައިވާ އެ 16 ބިން ބީލަން އުސޫލުން ދޫކުރުމަށް ހަމަޖައްސާފައި ވަނީ އެކަމަށް ޝައުޤުވެރިކަން ފާޅުކޮށް ބީލަން ހުށަހަޅާ އަމިއްލަ ފަރުދުންނާއި ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ކަމަށާއި އެ ބިންތަކުގެ ބޮޑުމިނަކީ 5،000 އަކަފޫޓާއި 27،000 އަކަފޫޓު ކަމަށެވެ. އަދި އެ ބިންތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދުން ބިން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ގަވާއިދާއި ބީލަން ފޮތުގައި ބަޔާންވެފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބިމުގެ އެއްބަސްވުމުގައި ސޮއިކުރެވޭތާ 15 މަސް ދުވަހުގެ ތެރޭގައި ބިން ތަރައްޤީކޮށް ނިންމުމަށް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ބީލަންތައް އިވެލުއޭޓްކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ޒޯނަކުން 10،760 އަށްވުރެ ކުޑަ ބިންތަކާއި އެއަށްވުރެ ބޮޑު ބިންތަކުގެ މައްޗަށް ބަހާލައިގެން ކަމަށްވެސް އެޗްޑީސީން ބުނެ އެވެ. ބީލަން ހުށަހެޅުމާ ބެހޭ ޕްރީ ބިޑް މީޓިންގ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ބީލަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 16 ވަނަ ދުވަސް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.