29 Feb 2016, 11:14
ރިފިޓަށް އިންޑިއާގެ ވިޝާކާޕަޓްނަމަށް ކުރި ދަތުރު ނިންމާލުމަށް ފަހު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ޝިޕް ހުރަވީ ވަނީ ރިފިޓަށް އިންޑިއާގެ ވިޝާކާޕަޓްނަމް ބަނދަރުގައި 11 މަސް ދުވަަސް ހޭދަކޮށްފަ އެވެ. އެ މުއްދަތުގައި ޝިޕް ހުރަވީީ މަރާމާތުގެ ގިނަ މަސައްކަތްތަކެއްވަނީ ކޮށްފަ އެވެ.
ކޯސްޓްގާޑް ޝިޕް ހުރަވީ އިންޑިއާ އަށް ރިފިޓަށް ފުރާފައި ވަނީ 2015 މާޗު 26 ވަނަ ދުވަހު އެވެ. އެ ދަތުރުގައި ޝިޕް ހުރަވީ ވަނީ އިންޑިއާގެ ތާރީހުގައި ބޭއްވި އެންމެ ބޮޑު ފްލީޓް ރިވިއުގައި ބައިވެރިވެފަ އެވެ. އެއީ، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕެއް ބައިނަލްއަގުވާމީ މިފަދަ ބޮޑު ފްލީޓް ރިވިއުއެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.
ކޯސްޓްގާޑް ޝިޕް ހުރަވީ އަކީ ކަނޑުމަތީގެ ތަފާތު އެކި އޮޕަރޭޝަންތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި ކޯސްޓްގާޑުން ހިންގާފައިވާ ގިނަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވަމުން އަންނަ އުޅަނދެކެވެ.