29 Feb 2016, 11:08
މުލީއާގެ ކައިރިން އައިއީޑީއެއް ބޭއްވި މައްސަލައާ ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ހަތަރު މީހުންގެ މައްސަލަ ސިއްރުކޮށްފި އެވެ.
މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ހއ. ހޯރަފުށި، އާރޯ، އަހުމަދު މަމްދޫހު އާއި މ. ހީރޯ މުހައްމަދު އުބައިދު އިބްރާހިމް އަދި ތ. ތިމަރަފުށި، ވިލާ، ޒިހާން އަހުމަދުގެ އިތުރުން ހ.މިޓާޒް ތަލްއަތު މުހައްމަދުގެ މައްޗަށެވެ.
2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މުލީއާގެ ކައިރީގައި އައިއީޑީއެއް ބޭއްވި މައްސަލައާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުން ކޯޓުން ނެރެނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް
ދައުލަތުން އެ ހަތަރު މީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ "މި ހަތަރު މީހުން ބައިވެރިވެގެން އައީޑީއެއް ހަދައި މުލިއާގެ ކައިރީ ނޫރާނީ ގޯޅީގައި ބާއްވާފައި އޮތް ޕިަކަޕެއްގެ ބެޓެރި މަތީގައި އައީޑީ ބާއްވާފައިވާތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ)ގެ ދަށުން އަހުމަދު މަމްދޫހުގެ މައްޗަށް ޓެރަރިޒަމް އަމަލެއް ހިންގުމުގެ ދައުވާ އާއި މުހައްމަދު އުބައިދު އިބްރާހިމް އަދި ޒިހާން އަހުމަދުގެ އިތުރުން ތަލްއަތު މުހައްމަދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލަން،" ކަމަށެވެ.
2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މުލީއާގެ ކައިރީގައި އައިއީޑީއެއް ބޭއްވި މައްސަލައާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުން ކޯޓުން ނެރެނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް
މުލީއާގެ ކައިރިން އައިއީޑީއެއް ފެނިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އައިއީޑީ ފެނުމާއެކު އެމްއެންޑީއެފުން ވަނީ ސްޓޭޑިއަމް ސަރަހައްދަށް ގެންގޮސް އެޑިވައިސް ނުގޮވާގޮތަށް ހަދައިފަ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ މުލީއާގެ ކައިރީގައި އައިއީޑީ ބޭއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.