ޕެނަލްޓީ ޖަހައިގެން 1-3ގެ ނަތީޖާ އިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި އިނގިރޭސި ލީގުކަޕްގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދައިފި އެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބެއް ނުކުރެވެ އެވެ.

ފުރަތަމަ ހާފް ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ނިމުނު ނަމަވެސް، ދެވަނަ ހާފްގެ 49 ވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ފާނަންޑީނިއޯ ވަނީ ސިޓީއަށް ލީޑް ނަގައިދީފަ އެވެ.

އެ މެޗުގައި ލިވަޕޫލް އަށް ނަތީޖާ އެއްވަރު ކޮށްދިނީ 83 ވަނަ މިނެޓްގައި ފިލިޕޭ ކުޓީނިއޯ އެވެ.

އެ ނަތީޖާގައި އޮވެ 90 މެނިޓް ހަމަވެ ނަތީޖީ ނެރެން ކުޅުނު 15 މެނެޓްގެ ދެ ހާފަގައި ވެސް ދެ ޓީމުންކުރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުނީ ޕެންލޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ލިވަޕޫލްއިން ޖެހި ތިން ޕެނަލްޓީއެއް ސިޓީގެ ގޯލްކީޕަރު ވިލީ ކަބެލޭރޯ ވަނީ ދިފާއުކޮށްފަ އެވެ.

ލިވަޕޫލްގެ ފުރަތަމަ ޕެނަލްޓީ އެމްރޭ ކޭން ވަނީ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ޖެހިޖެހިގެން އައި ޕެނަލްޓީ ސިޓީގެ ފެނާންޑީނިއޯއަށް ވަނީ ގޯލަށް އަމާޒުކޮށް ނުލެވިފަ އެވެ. އޭގެ ފަހުން ލިވަޕޫލުން ޖެހި ތިން ޕެނަލްޓީ ވެސް ލިވަޕޫލްގެ ކީޕަރު ކަބަލެރޯ ވަނީ ދިފާއުކޮށްފަ އެވެ. އެއީ ލޫކަސް ލެއިވާ އާއި ފިލިއްޕޭ ކުޓީނިއޯ އަދި އެޑަމް ލަލާނާގެ ޕެނަލްޓީތަކެވެ. ސިޓީގެ އަނެއް ތިން ޕެނަލްޓީ ހެސަސް ނާވަސް އާއި ސާޖިއޯ އަގުއޭރޯ އަދި ޔާޔާ ޓޫރޭ ކާމިޔާބުކޮށް އެ ޓީމް ވަނީ ހަތަރު ވަނަ ފަހަރަކަށް ލީގް ކަޕް އުފުލާލާފަ އެވެ.

މިއީ ލިވަޕޫލް އިން ލީގް ކަޕްގެ ފައިނަލުގައި ކުޅެ ބަލިވި ހަތަރު ވަނަ ފަހަރަށްވީ އިރު އެ ހަތަރު ފަހަރު ވެސް އެ ޓީމަށް ނާކާމިޔާބް ވެފައި ވަނީ ޕެންލްޓީގަ އެވެ.