މުލީއާގެ ކައިރިން އައިއީޑީއެއް ބޭއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ އަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.

އެމައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހއ. ހޯރަފުށި، އާރޯ، އަހުމަދު މަމްދޫހު އާއި މ. ހީރޯ މުހައްމަދު އުބައިދު އިބްރާހިމް އަދި ތ. ތިމަަރަފުށި، ވިލާ، ޒިހާން އަހުމަދުގެ އިތުރުން ހ.މިޓާޒް ތަލްއަތު މުހައްމަދުގެ މައްޗަށެވެ. އެމައްސަލާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެެވެ.

މުލީއާގެ ކައިރިން އައިއީޑީއެއް ފެނިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އައިއީޑީ ފެނުމާއެކު އެމްއެންޑީއެފުން ވަނީ ސްޓޭޑިއަމް ސަރަހައްދަށް ގެންގޮސް އެޑިވައިސް ނުގޮވާގޮތަށް ހަދައިފައެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ މުލީއާގެ ކައިރީގައި އައިއީޑީ ބޭއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.