މަޝްހޫރު ކުރެހުންތެރިޔާ އަދި ލަވަކިޔުންތެރިޔާ ޔޯކޯ އޮނޯގެ ސިއްހީ މައްސަލައެއް ދިމާވެގެން ހޮސްޕިޓަލުގައި އެނދުމަތި ކޮށްފި އެވެ.

ޔޯކޯ އޮނޯއަކީ، މަޝްހޫރު މިއުޒިކް ބޭންޑް "ބީޓްލްސް"ގެ މެމްބަރު ޖޯން ލެނަންގެ ހުވަފަތް އަނބިމީހާ އެވެ. ނަވާރަ ސަތޭކަ ވަނަ އަހަރު ނިއު ޔޯކުގައި ޖޯން ލެނަންއަށް ހަމަލާދީ އޭނާ މަރައިލި އިރު، އޭނާ އުޅުނީ ޔޯކޯއާ ކައިވެނި ކޮށްގެންނެވެ.

ޖަޕާނަށް ނިސްބަތްވާ ޔޯކޯ އަށް މިހާރު 83 އަހަރު ވެފައިވާ އިރު، އޭނާ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ވަނީ، ހުމާއި ރޯގާގެ އަސަރުތަކެއް އޭނާ އަށް ކޮށްގެންނެވެ. ޔޯކޯ ހޮސްޕިޓަލުގައި ބޭއްވި ޚަބަރު ފެތުރުނު އިރު، ގިނަ ބަޔަކު ބުނަމުން ދިޔައީ އޭނާޢަށް ޖެހުނީ ސްޓްރޯކެއް ކަމަށެވެ.

ނަމަވެސް ޔޯކޯގެ ދަރިފުޅު ޝޯން އޮނޯ ލެނަން ޓްވިޓަރ މެދުވެރިކޮށް ބުނެފައި ވަނީ އޭނާގެ މަންމައަށް ސްޓްރޯކެއް ނުޖެހޭ ކަމަށާއި، މަންމަގެ ހާލު ރަނގަޅު ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ޔޯކޯ، ނިއު ޔޯކްގެ މައުންޓް ސައިނާއި ރޫސެވެލްޓް ހޮސްޕިޓަލަށް ގެންދެވުނު އިރު އޭނާ ވަނީ އެރެއާއި، ހޮނިހިރު ދުވަސް ވެސް އެތަނުގައި މަޑުކޮށްފަ އެވެ.

މަސްދަރު: ބީބީސީ