މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ފެން ބިލަށް ފައިސާ ދެއްކުމުގެ ހިދުމަތާއި ކަސްޓަމާ ސާވިސްގެ ހިދުމަތް ފެން ބިލްޑިންގަށް ބަދަލުކޮށްފި އެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ، އެ ދެ ހިދުމަތް ފެން ބިލްޑިންގަށް ބަދަލުކުރީ ކަސްޓަމާ ސާވިސްގެ މުޅިން އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު ފެން ބިލަށް ފައިސާ ދެއްކުމާއި ކަސްޓަމާ ސާވިސްގެ ހިދުމަތް ލިބެން ހުންނާނީ އަމީނީ މަގުގައި ހުންނަ ފެން ފެން ބިލްޑިންގުގެ ދެވަނަ ފަންގިފިލާ އިން ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސްގެ އާ އިމާރާތް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.