27 Feb 2016, 17:11
ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފިރިހެން އަދި ގައުމީ އަންހެން ޓޭބަލް ޓެނިސް (ޓީޓީ) ޓީމް މެލޭޝިއާއަށް ފުރައިފިއެވެ.
މެލޭޝިޔާގެ ކުއާލާ ލަމްޕޫރުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެ މުބާރާތް ކުރިއަށް ދާނީ ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ވާދަކުރާނީ ހަތް ކުޅުންތެރިންނެވެ. އެއީ ފިރިހެން ތިން ކުޅުންތެރިންނާއި އަންހެން ހަތަރު ކުޅުންތެރިންނެވެ.
ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ފިރިހެން ޓީމް އިވެންޓުގައި 133 ގައުމަކުން ވާދަކުރާއިރު ރާއްޖޭގެ ފިރިހެން ޓީމް ރޭންކް ކޮށްފައިވަނީ 110 ވަނައިގައެވެ. އަންހެން އިވެންޓުގައި 109 ގައުމަކުން ވާދަކުރާނެ އެވެ. އަންހެން ޓީމް އިވެންޓްގައި ރާއްޖެ ރޭންކް ކޮށްފައިވަނީ 86 ވަނައިގައެވެ.
ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ ނިމިދިޔަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ކުޅުންތެރިންނެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓީޓީ ޓީމުންވަނީ ލޯ މެޑަލް ޙާސިލްކޮށްފައެވެ.