27 Feb 2016, 15:31
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ޔޫއޭއީ އަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ މިނިސްޓަރުގެ ދަތުރަކީ ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.
މިނިސްޓަރުގެ ދަތުރުގައި ރައީސް އަބްދުﷲ ޔާމީންގެ ސިޓީފުޅެއް ޔޫއޭއީގެ ރައީސަށް އަރުވާނެ އެވެ. އޭގެ އިތުރުން ޔޫއޭއީގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާކުރައްވާނެ އެވެ.
ދުންޔާގެ ދަތުރުގައި، ރާއްޖެ އިން ޔޫއޭއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުﷲ ހަމީދު އަދި ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގް ވެސް ބައިވެރިވެ އެވެ.