ނިއުޒީލެންޑުގައި ބިނާކުރި ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރަންޓު ރާއްޖެ ގެނައުމުގެ މަސައްކަތް، ދުބާއީގެ ޖީއޭސީ އިން ފަށައިފި އެވެ.

ނިއުޒީލެންޑުގެ ބައެއް ނޫސްތަކުން ބުނާ ގޮތުން އަންނަ މަހުގެ ކުރީކޮޅު އެރެސްޓޯރަންޓު ރާއްޖެ ގެނެވޭނެ އެވެ.

ދިގުމިނުގައި 22.5 މީޓަރު ހުންނަ ރެސްޓޯރަންޓު ރާއްޖެ ގެނައުމަށް ކުރަން ޖެހޭ ދިރާސާތަކާއި ޑިޒައިން މަސައްކަތްތައް ކުރުމަށް އަހަރެއް ހޭދަވި ކަމަށް ލޮޖިސްޓިކްސް އާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.

ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓްގެ އެތެރެ --

އެ ރެސްޓޯރަންޓު ގެންނަނީ އަންނަ އޯގަސްޓު މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ޅ.ހުރަވަޅި ރިސޯޓަށެވެ.

ތޭރަ މީޓަރުގެ އުސް ސިޑިއަކާ އެކު ބިނާ ކޮށްފައިވާ ރެސްޓޯރަންޓުގައި ކެއުމަށް އިންސާފު ކުރަމުން ގެންދާ އިރު، ކަނޑުއަޑީގެ ދިރުންތަކާ ހިތްގައިމު މަންޒަރުތައް ފެންނާނެ ކަމަށްވެ އެވެ. އެ ރެސްޓޯރަންޓުން އެއް ފަހަރާ 24 މީހުންނަށް ހިދުމަތް ދެވޭނެ އެވެ.

ކުރިއަށް އޮތް ތަނުގައި ކައިވެނި ހަފްލާތަކާއި ހަނީމޫނަށް އަންނަ ފަރާތްތަކަށް ވެސް އެ ރެސްޓޯރަންޓު ހުޅުވާލެވޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.