27 Feb 2016, 10:05
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކާރު ޑްރައިވަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ސާޖަންޓް މުހައްމަދު ރިފްއަތު، ކެނެރީގެ ބ. ތުޅާދޫ ކުއްލި ގޮތަކަށް ރޭ ނިޔާވެއްޖެ އެވެ.
ރިފްއަތު ނިޔާވެފައި ވަނީ ރޭ އިޝާނަމާދުން ފޭބި ފަހުން ކުއްލިއަކަށް މެޔަށް އެރި ތަދަކާ ގުޅިގެން ފަރުވާ ހޯދަން އައްޑު ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި ކަމަށްވެ އެވެ.
ހިތަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ރިފްއަތު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ފޭދޫ ސިއްހީ މަރުކަޒުން ވެސް ފަރުވާ ހޯދި ކަމަށް މައުލޫމާތު ލިބެ އެވެ.
ރިފްއަތުގެ ހަށިގަނޑު މާލެ ގެނެސްފައިވާ އިރު އޭނާގެ މައްޗަށް ކުރާ ކަށުނަމާދު މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ.