26 Feb 2016, 21:14
ފ. ފިލިތެޔޮ ރިސޯޓުން މިއަދު ޑައިވިނަށް ގޮސް އުޅުނު އެ ރިސޯޓުގެ އިންޑިއާ މުވައްޒަފެއް މަރުވެއްޖެ އެވެ.
ފިލިތެޔޮ ރިސޯޓުގައި ޑައިވިނަށް ދިޔަ އިންޑިއާގެ މީހަކު ގެއްލިގެން މިއަދު ހަވީރު 4:40 އެހާއިރު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. އަދި އޭނާ ފެނިފައިވަނީ ހަވީރު 5:25 އެހާއިރު މޫދުގައި މަރުވެފައި އޮއްވައި ކަމަށާއި އެއީ ފިލިތެޔޮ ރިސޯޓުގައި ވަޒީފާ އަދާކުރާ އިންޑިިއާގެ ރައްޔިތެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގެ މައުލޫތު އެނގޭ މީހަކު 'ސަން' އަށް ބުނީ މިއަދު ހަތަރެއް ޖަހާއިރު މޫދަށް އެރެން ވެގެން އެ މީހާ ދިޔައީ ދިވެއްސަކާ ވެސް އެއްކޮށް ކަމަށެވެ. އަދި ނުފެނިގެން ހޯދަމުން ދަނިކޮށް ދެންފެނުނީ މަރުވެފައި އޮއްވައި ކަމަށް އޭނާ ބުންޏެވެ.
ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވާ ކަމަށެވެ.