ސަލްޓަން ޕާކް ގޯތި ތެރޭގައި ހުރި ތާރީހީ މިސްކިތް، ކަޅުވަކަރު މިސްކިތް ހުޅުމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމުމަށް ފަހު މިހާރު އެ މިސްކިތް ގދ. ތިނަދޫއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ތިނަދޫ ކައުންސިލު މެމްބަރަކު 'ސަން' އަށް ވިދާޅުވީ ކައުންސިލުން އެދުމުން އެ މިސްކިތް ތިނަދޫއަށް ބަދަލުކުރަން ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ތިނަދޫގައި އެ މިސްކިތް ބަހައްޓަން ހަމަޖެހިފައި ވަނީ ދާދިފަހުން އެ ރަށުން ތާރީހީ މިސްކިތެއް ފެނިގެން ހެރިޓޭޖް ސަރަހެއްދެއް ގޮތުގައި ތައްރައްގީ ކުރަން ހަމަޖެހިފައިވާ ބިމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ ކަޅުވަކަރު މިސްކިތް ހުޅުމާލެ އަށް ބަދަލު ކުރަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރާ ފުރަތަމަ މަސައްކަތަކީ އެ މިސްކިތުގެ މަސައްކަތް ކަމުގައި ހެދުމަށް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވިސްނުން ބަދަލުވީ ކީއްވެ ކަމެއް ނޭނގެ އެވެ.

ހުޅުމާލޭ ފުރަތަމަ ފޭސްގައި ވެސް ފުރަތަމަ ބިނާ ކުރީ މިސްކިތެއް ކަމުގައި ވުމުން، ދެވަނަ ފޭސްގެ ފުރަތަމަ ބިނާ އަކީ ވެސް މިސްކިތަކަށް ވުމަކީ ރަނގަޅު ފެށުމެއް ކަމަށް މިނިސްޓްރީން މީގެ ދެމަސްކުރިން ވަނީ ބުނެފަ އެވެ. އަދި ހުޅުމާލެއަށް މިސްކިތް ބަދަލުކޮށް ހަ މަސްދުވަހުގެ ތެރޭގައި ނިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނީ މީގެ ދެ މަސް ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު 24ގައި ބޭއްވި ަ އެވެ.

ކަޅުވަކަރު މިސްކިތް ބިނާ ކުރެއްވީ ރާއްޖޭގައި ރަސްކަން ކުރެއްވި ސުލްތޯން ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު އެވެ. އެ މިސްކިތް ފުރަތަަ ހުރީ މަޖީދީމަގު، ގަލޮޅު ސްޓޭޑިއަމް ކުރިމަތީން ހީނާމާ ޕާކީން އާ ޖެހިގެންނެވެ. ނަމަވެސް ކުރީގެ ރައީސް އިބްރީހިމް ނާސިރުގެ ވެރިކަމުގައި އެ މިސްކިތް ބޭރު މީހަކަށް ވިއްްކާލުމުން އެ މިސްކިތް ހުރީ ފުރަނަފުށީގަ އެވެ. އެ މިސްކިތް މިހާރު ހުރި ތަނަށް ބަދަލު ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ.

ކަޅުވަކަރު މިސްކިތް އަލުން މަރާމާތުކޮށް މިސްކިތުގެ އާބާތުރަ ފިލުވައި އަލުން ހުޅުއްވައި ދެއްވާފަައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ.