26 Feb 2016, 13:43
ދައުލަތުގެ ސިއްރުތަކެއް ހާމަކުރި ކަމުގެ ކުށް ސާބިތު ޖަލަށްލީ ތުރުުކީގެ ދެ ނޫސްވެރިން ދޫކޮށްލައިފި އެވެ.
ތުރުކީގެ ދުވަހުނޫހެއް ކަމަށްވާ ޗުމްހުރިޔެތްގެ ދެ ނޫސްވެރިން، ކެން ޑުންޑަރު އަދި އެޑެމް ގުލް ޖަލަށް ލާން ހުކުމް ކުރީ ތުރުކީ ސަރުކާރުން ސީރިއާއަށް ހަގުރާމަވެރި ސިފައިން ފޮނުވަން މަސައްކަތް ކުރާ ކަމަށް ބުނެ ފެތުރި ހަބަރުތަކާއި ގުޅިގެންނެވެ.
ތިން މަސް ދުވަހު ޖަލުގައި ތިބުމަށް މަހު އެމީހުން ދޫކޮށްލާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެދެ ނޫސްވެރިންނަށް ތާއީދުކޮށް މިއަދު ތުރުކީގެ ޖަލު ބޭރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވެފަ އެވެ.
ތުރުކީގައި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ މިނިވަންކަން ނެތް ކަމަށް ބުނެ ނޫހުގެ ޗީފްއެޑިޓަރުކަން ވެސް ކުރައްވާ ޑުންޑަރު ބުނީ އެމީހުން ޖަލަށް ލުމަކީ ނޫސްވެރިކަމަށް ދިން ވަރުގަދަ ހަމަލާއެއް ކަމަށެވެ. އަދި އެމީހުން އިތުރު 30 ބައިވެރިން މިހާރު ވެސް މައުލޫމާތު ހާމަކުރުމުގެ ސަބަބުން ޖަލުގައި ތިބިކަން ޑުންޑަރު ވަނީ ފާހަގަކުރައްވާފަ އެވެ.
ޑުންޑަރު ބުނީ މައުލޫމާތު ހާމަކުރުމުގެ މިނިވަންކަން ލިބެންދެން އެންމެ ފަހުވަގުތާހަމައަށް ވެސް ފަހަތަށް ނުޖެހި ސާބިތުވެ ހުންނާނެ ކަމަށެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް ވޯލްޑް ޕްރެސް ފްރީޑޯމް އިންޑެކް 2015ގައި ތުރުކީ ހިމެނެނީ 180 ވަނަ އަށެވެ.