ރަސްފަންނު ތަރައްގީ ކުރުމުގައި އެހީތެރިވި ފަރާތް ތަކުގެ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފި އެވެ.

ހައުސިން މިނިސްޓްރީގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގެ ފުޓްބޯޅަ ދަ ނޑުގައި ރޭ ބޭއްވި ހަފުލާއެއްގައި އެ ފަރާތްތަކަށް ހަނދާނީ ލިއުން ހަވާލުކުރީ، ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ދެއްވި ފަރިއްކޮޅެއްގަ އެވެ. އެ ހަފުލާގައި މިނިސްޓަރުގެ އިތުރުން ރަސްފަންނު ތަރައްގީ ކުރުމުގައި ހަރަކާތްތެރިވި ސަރުކާރުގެ ފަސް ކުންފުނި، އެސްޓީއޯ އާއި އެމްޓީސީސީ އާއި އެމްއާރުޑީސީ އާއި ސްޓެލްކޯ އަދި އެމްޑަބުލިޔޫއެސްސީގެ ވެރިންވަނީ ވާހަކަފުޅު ދެއްކެވި ކަމަށް ހައުސިންގް މިނިސްޓްރީ އިން ރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.

ހައުސިންގް މިނިސްޓްރީ އިން ބުނީ، މިނިސްޓަރުގެ ވާހަކަފުޅުގައި ރަސްފަންނަކީ ރައީސް އަބްދުﷲ ޔާމިންގެ ހިޔާލުފުޅާ އެކު މާލޭގައި ދިރިއުޅޭ ތަފާތު އުމުރުފުރާތަކުގެ ރައްޔިތުންނަށް ބޭނުން ހިފޭނެ ގޮތަށް ތައްޔާރު ކުރި ތަނެއް ކަމަށާއި އެ މަސައްކަތް ހަގީގަތަކަށް ހެދިފައިވަނީ ކުންފުނިތަކުގެ އިތުރުން މިނިސްޓްރީގެ މުވައްޒަފުންނާއި ކުންފުނި ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާ އެކު ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި ކަމަށެވެ. އަދި މިނިސްޓަރު ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ.