26 Feb 2016, 11:11
ސިފައިންގެ ބައެއް އޮފިސަރުންނަށް މަގާމުގެ ކުރިއެރުންދީފި އެވެ.
އެމްއެންޑީއެފުން ބުނީ ބައެއް އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނީ އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ. އަދި މަގާމުގެ ކުރިއެރުން ލިބިލެއްވި އޮފިސަރުންނަށް މަގާމު ހަވާލު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ.
އަދި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މަގާމުގެ ކުރިއެރުން ދިނީ ކޮން ރޭންކަކުން ކޮން ރޭންކެއްގެ އޮފިސަރުންނަށް ކަމެއް އެމްއެންޑީއެފަކުން ނުބުނެ އެވެ.