26 Feb 2016, 10:42
ކެންޔާގެ އާންމު ރައްޔިތުންނަކީ ވައްކަން ކުރުމުގައާއި އެހެނިހެން ޖިނާއީ ކުށްތަކަށް އަރައިގަތުމުގައި އަރައި ހުރި، ތަޖުރިބާކާރު ބައެއްގެ ގޮތުގައި، އެ ގައުމުގެ ރައީސް އުހުރު ކެންޔަޓާ ސިފަކުރައްވައިފި އެވެ.
ކެންޔަޓާ މިހެން ވިދާޅުވީ، އިސްރާއީލަށް ވަޑައިގެން، އެގައުމުގައި ދިރިއުޅޭ ކެންޔާ ރައްޔިތުންނާ މުހާތަބު ކުރައްވަމުންނެވެ. ރައީސް ކެންޔަޓާ ވިދާޅުވީ، ކެންޔާ ރައްޔިތުންނަކީ އިސްރާއީލުގެ މީހުންނަށް ވުރެ 20 ގުނަ މާ ރަނގަޅު ބައެއް ކަމަށާއި ނަމަވެސް ކެންޔާގެ ރައްޔިތުން ކުރާ ހަމައެކަނި ކަމަކީ ޝަކުވާ ކުރުން ކަމަށެވެ. އަދި ކެންޔާގެ ރައްޔިތުންނަކީ އަނިޔާވެރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ނަސްލީ ތަފާތުކުރުމާ ގުޅިގެން އުފެދޭ ހަމަނުޖެހުންތަކާއި ކޮރަޕްޝަން ފަދަ ކަންކަން ކެންޔާގެ ރައްޔިތުންނަށް ނައްތައިނުލެވިގެން އުޅޭ ސަބަބާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.
ރައީސް ކެންޔަޓާ އޭނާގެ ގައުމުގެ ރައްޔިތުންގެ އަގު ވެއްޓޭ ފަދަ ގޮތަކަށް، ހުރިހާ ރައްޔިތުންނަށް ބޮޑެތި ތުހުމަތުތަކެއް ރައްދުކުރައްވައި ވާހަކަ ދެއްކުމުގެ ސަބަބުން ކެންޔާގެ ގިނަ ރައްޔިތުންތަކެއް ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެހެން ނަމަވެސް ކެންޔާގެ ރައީސް އޮފީހާ ހަވާލައިދީ، ނައިރޯބީގައި ހުރި ބީބީސީގެ ކޮރެސްޕޮންޑެންޓް ބުނާ ގޮތުން ރައީސް ކެންޔަޓާގެ ތަގްރީރުގައި ވިދާޅުވި އެއްވެސް އެއްޗެއް ރައީސް ހަގީގަތުގައި ވިދާޅުވީ، އިސްރާއީލު ފަދަ ގައުމުތައް ފަދައިން ކެންޔާ ތަރައްގީ ކުރުމަށް ރައްޔިތުންނަށް ބާރުއަޅުއްވައި ހެދުމަށެވެ.