25 Feb 2016, 17:40
އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށް ބިން ހެލުމެއް އަތުވެއްޖެ އެވެ.
ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް،މެޓް އޮފީސް
މޯލްޑިވްސް މީޓްރޮލޮޖީ ސާވިސްއިން ބުނީ މިއަދު 3: 53 ހާއިރު އައްޑޫ ސިޓީ ގަމުގެ ދެކުނުހުޅަނގުން 700 މީޓަރުން ދުރުން ކަނޑުގެ ސަރަހައްދަށް ބިން ހެލުމެއް އައިސްފައިވާ ކަމަށެވެ.
ބިންހެލުމުގެ ބާރު މިނަކީ 5.2 މެގްނެޓިއުޑްގެ ކަމަށާއި އެ ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މެޓް އޮފީހުން ބުންޏެވެ.
ބިން ހެލުމުގެ އަސަރުކޮށްގެން މިހާތަނަށް އެއްވެސް ރަށަކުން މެޓް އޮފީހަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް އެ ސާވިސްއިން ބުންޏެވެ.
ބިން ހެލުން އައިސްފައި ވަނީ ކަނޑުގެ 13 ކިލޯމީޓަރު އަޑިއަށެވެ.