މޮބައިލް ފޯނެއް ވަގަށްނެގި މީހަކު ހަ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

އެ ހުކުމް އިއްވާފައި ވަނީ މ. ރަނިކަ، ހަސަން ހަލީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ހެދުނު 9:30 އެހައިކަންހާއިރު މ. ހަނދުވަރުގޭ ސިޓިންރޫމްގައި ބާއްވާފައި އޮތް ފޯނެއް ވަގަށް ނަގާފައިވާތީއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ ދައުވާ އަށް ހަލީމް އިއުތިރާފުވެފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ގާނޫނު އަސާސީގެ 59 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ގާނޫނުލް އުގޫބާތުގެ 2010 ވަނަ މާއްދާގެ (ށ) ގެ ހަތަރު ވަނަ ނަންބަރާއި އެ ގާނޫނުގެ 1104 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ.