24 Apr 2011, 16:48
ކުޑަކުދިންނާއި އަންހެނުން ގޮވައިގެން ތ. ވޭމަންޑޫން އެ އަތޮޅު ހިރިލަންދު އަށް ދިޔަ ލޯންޗެއް ކަނޑުގަދަވެ، ފަޅައިގެން ހިނގައްޖެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ދެންމެ ވިދާޅުވީ މިއަދު މެންދުރު 1:00 ޖަހާއެހާކަންހާއިރު އެ ހާދިސާ ހިނގި އިރު ލޯންޗުގައި ތިބީ ދެ ކުޑަކުދިންނާއި ހަތަރު އަންހެނުންގެ އިތުރުން ދެ ފިރިހެނުން ކަމަށެވެ. ނަމަވެސް އެ މީހުންނަށް ގެއްލުމެއް ނުވަނީސް ފުލުހުންނާއި އެ ސަރަހައްދުގައި އޮތް ލޯންޗެއް ގުޅިގެން ވަނީ މީހުން ސަލާމަތްކޮށްފަ ކަމަށެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ ލޯންޗް މަރާމާތު ކުރުމަށް ހިރިލަންދު އަށް ގެންގޮސްފައި ވަނީ ކަންނެލި ދޯންޏެއްގައި ކަފުޖަހައިގެން ކަމަށެވެ.