ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަ ކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހޯދަމުން ދަނީ ހދ. ކުޅުދުއްފުށީ، ކަސްތޫރިގެ، މުހައްމަދު އަބްދުﷲ 46 އަހަރު ކަމަށެވެ. އަދި އެމީހާ އަކީ އެ މައްސަލައިގެ ތަހުގީގަށް ހޯދަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163، ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.