25 Feb 2016, 09:43
ހޫނު ފެނުގައި ކޮފީ އާއި ސައި ތައްޔާރު ކޮށްގެން ބުއިމަކީ ކިތަންމެ ފަސޭހަ ކެމަކަށް ވިޔަސް، އެއްވެސް އެއްޗެއް އެއް ކުރުމަކާ ނުލައި ހޫނު ފެން ބުއިމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ހޫނު ފެނުގައި ދޭ ރަހަ އަކީ އެހާ ހިތްގައިމު އަދި އަނގަޔަށް މީރު ރަހައެއް ނޫނެވެ.
އެހެންނަމަވެސް، ހޫނު ފެން ނުވަތަ ތާފެނާ ފެން ބުއިމަކީ ސިއްހަތަށް އޭގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. ހޫނު ފެން ބުއިމަކީ ހަޖަމު ކުރުމުގެ ބައި ރަނގަޅުކޮށްދީ ދިފާއީ ނިޒާމު ވެސް ވަރުގަދަ ކޮށްދޭ ކަމެކެވެ.
އިސްތަށިގަނޑުގެ ދުޅަހެޔޮ ކަމަށް
އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ވެސް ހޫނު ފެނަކީ ވަރަށް މުހިއްމު އެއްޗެކެވެ. އެގޮތުން އާދަކޮށް ހޫނުފެން ބޭނުން ކުރާ ނަމަ އިސްތަށިގަނޑުގެ މަޑުކަން އިތުރު ކޮށްދީ ވިދުން އިތުރު ކޮށްދޭނެ އެވެ.
ހަމުގެ ދުޅަހެޔޮ ކަމަށް
ހޫނުފެން ބުއިމަކީ ހަންގަނޑު ވެސް ދުޅަހެޔޮ ކޮށްދޭނެ ކަމެކެވެ. އެގޮތުން ހޫނު ފެން ބުއިމުން ހަށިގަނޑު ހައިޑްރޭޓު ކޮށްދެ އެވެ. ހަމައެއާ އެކު، ހޫނު ފެން ބުއިމުން ހަށިގަނޑުގެލޭ ދައުރުވުން ރަނގަޅުކޮށްދީ ހިކި އަނަރޫފަ ވެފައިވާ ހަންގަނޑު ވެސް ދުޅަހެޔޮ ކޮށްދެ އެވެ.
ފާހާނާ ކުރުމަށް ވެސް ފަސޭހަ ވާނެ
ކޮންމެ ދުވަހަކު ވެސް ނާސްތާ ކުރުމުގެ ކުރިން ހޫނު ފެން ތަށްޓެއް ބޯށެވެ. އޭރުން ހަޖަމ،ު ނުވެ ހުރި ކާނާ ހަޖަމު ކޮށްދީ ހަށިގަނޑުގެ ހައިޑްރޭޝަން އިތުރުކޮށްދޭނެ އެވެ.
ކެއްސުމާއި ރޯގާ އަށްވެސް
ހޫނު ފެން ބުއިމަކީ ކެއްސުމާއި ރޯގާ އަށްވެސް ހުރި ފަރުވާއެކެވެ. އެގޮތުން ހޫނުފެން ބުއިމުން ކަރުގެ ރިހުން ކުޑަކޮށްދީ ސައިނަސް އަދި އީސޯފޭގަސްގައި ހަރުލާފައި ހުންނަ ރޯގާ ބޭރު ކުރުމަށް ފަސޭހަ ކޮށްދެ އެވެ.
ބަރުދަން ލުއި ކުރުމަށްވެސް
ކޮންމެ އިރެއްގެ ކެއުމަށްފަހު ހޫނު ފެން ނުވަތަ ތާފެނާ ފެން ތަށްޓަކަށް ލުނބޯ ނުވަތަ މާމުއި ކޮޅެއް އެއްކޮށްގެން ބޯށެވެ. އާދަކޮށް ބޯނަމަ، ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭނެ އެވެ.