އިންޝުއަރެންސަށް އަހުލުވެރިކުރުމަށް އެލައިޑް އިންޝުއަރެންސުން މިއަދު ވޯކްޝޮޕެއް ބާއްވައިފި އެވެ.

މޫކައި ސުއިޓްސްގައި މިއަދު ވޯކްޝޮޕް ބާއްވާފައި ވަނީ ބްރޯކަރެއްގެ ގޮތުގައި މަސައްކަތް ކުރާ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޖޭބީ ބޯޑާ އެންޑް ކޯ އާ ގުޅިގެންނެވެ.



މީޑިއާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާއި އެލައިޑުގެ މުވައްޒަފުންނަށް ހިންގި އެ ވޯކްޝޮޕުގައި ބައިވެރިންނަށް އިންޝުއަރެންސްގެ އެކި ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނީ އެ ކުންފުނީގެ ތަޖުރިބާކާރު ދެބޭފުޅުން ކަމަށްވާ ޕްރަކާޝް ރާއޯ އާއި ޗަަލާ ނާއިކް އެވެ.

ވޯކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދިން ބައިތަކަކީ:

  • އިންޝުއަރެންސާއި ރިސްކް

  • އިންޝުއަރެންސްގެ އުސޫލުތައް
  • ނަން ލައިފް އިންޝުއަރެންސްގެ ވައްތަރުތައް
  • ރިސޯޓް ހޮޓާތަކަށް ބޭނުންވާ އިންޝުއަރެންސް
  • ރި އިންޝުއަރެންސްގެ ތައާރަފް
  • ރި އިންޝުއަރެންސް އެރޭންޖް ކޮށްފައި އޮންނަ ގޮތް
  • ރިއިންޝުއަރެންސް ކުރަން ޖެހެނީ ކީއްވެކަން
  • ރި އިންޝުއަރެންސް ޓްރީޓީ އަދި ފެކަލްޓޭޓިވް
  • ކެޓަސްޓްރޮފީ( ބޮޑެތި ގުދުރަތީ ކާރިސާތައް)
  • އެލައިޑް އިންޝުއަރެންސް ކުންފުނި
  • އެކުންފުންޏާ ގުޅިފައިވާ ރި އިންޝުއަރެންސް ކުންފުނިތައް

  • ވޯކްޝޮޕްގައި ބައިވެރިވި ފަރާތްތަކަށް އެލައިޑުން އެކަމުގެ ހަނދާނީ ލިއުމެއް ދިނެވެ.