އިބްރާހިމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ޖީއެމްއާރު ކުންފުންޏަށް ލޯނު ދޫކުރި ސިންގަޕޫރުގެ އެކްސިސް ބޭންކަށް އެ ލޯނުން ލިބުނު ގެއްލުމުގެ ބަދަލު ދައްކަންޖެހޭނީ ރާއްޖޭގެ ސަރުކާރުންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމައިފި އެވެ.

ޖީއެމްއާރު ކުންފުނިން އިބްރާހިމް ނާސިރު އިންޓްނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް 160 މިލިއަން ޑޮލަރު ނަގާފައި ވަނީ 2010 ވަނަ އަހަރު އެވެ. އެ ލޯނަށް ދިވެހި ސަރުުކާރާއި އެމްއޭސީ އެލުން ވަނީ ގެރެންޓީ ދީފަ އެވެ. އަދި ޖީއެމްއާރު އަތުން އެއާޕޯޓް ނެގުމާ ގުޅިގެން އެ ލޯނުގެ ފައިސާ ދެއްކުމަށް ސަރުކާރަށާއި އެމް އޭސީއެލް އަށް އެކްސިމް ބޭންކުން ފޮނުވި ނޯޓިސް އަށް އަމަލު ނުކުރުމާއި ގުޅިގެން އެ ބޭނުންކުން 2013 ވަަނަ އަހަރު މައްސަލަ ހުށަހެޅީ ސިންގަޕޫރު އާބިޓްރޭޝަނަށެވެ.

ސިންގަޕޫރު އާބިޓުރޭޝަނުން އެ މައްސަލަ ބަލައި ފައިނަލް ނިންމުމުގައި ބުނެފައި ވަނީ އެކްސިސް ބޭންކުގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ދައުވާއެއް ސާބިތު ނުވާ ކަމަށެވެ. އަދި އެކްސިމް ބޭންކުން ނަގާފައިވާ 160 މިލިއަން ޑޮލަރު ދިވެހި ދައުލަތާއި އެމްއޭސީއެލް އިން ދައްކަންނުޖެހޭނެ ކަމަށް އެ މައްސަލަ ބެލި ސިންގަޕުރު އާބިޓުރޭޝަނުން ވަނީ ނިންމާފަ އެވެ.

ސިންގަޕޫރުގެ އާބިޓްރޭޝަނުން މިއަދު ނިންމި ނިންމުމާއި ގުޅިގެން ޖީއެމްއާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ދިވެހި ކުންފުންޏަށް ދިން ލޯނުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ މިއަހަރުގެ ތިންވަނަ ކުއާޓާގެ ކުރިން ދައްކައި ނިންމަން ޖެހޭނެ ކަމަށެވެ. ނަމަވެސް ދައްކަންޖެހެނީ ކިހާ ފައިސާއެއް ކަމެއް ނޭނގެ އެވެ.