ހުއްދަ ނެތި ކޮއްކޮގެ މޮބައިލް ފޯނު ހިފައިގެންދިޔަ މީހަކު 150 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ހ. އަލަވަލުގެ މުހައްމަދު އިމްތިޔާޒު 150 ރުފިޔާ އިން ޖޫރިމަނާކޮށްފައި ވަނީ އެ ގޭގައި ޗާޖަށް ޖަހާފައި އޮތް އޭނާގެ ކޮއްކޮ ލަމްހާ ނަސީރުގެ ފޯނު އެއްވެސް މީހެއްގެ ހުއްދަ ނެތި ހިފައިގެން ގޮސްފައި ވާތީ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ އިމްތިޔާޒުގެ އިއުތިރާފުން އޭނާގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުވާ ކަމަށެވެ.

އޭނާ ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް އެ ހުކުމްގައި އިމްތިޔާޒަށް ވަނީ އަންގާފައެވެ.