24 Feb 2016, 16:16
ޓޫރިޒަމް މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓަރުގެ އެ ދަތުރުފުޅަކީ އިންޑިއާގެ މިނިސްޓަރު އޮފްސްޓޭޓް ފޮ ޓޫރިޒަމް، ޑރ. މަހޭޝް ޝަރުމާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އެ ދަތުރުފުޅުގައި ޑރ. މަހޭޝް ޝަރުމާ އާއި އިންޑިއާގެ ފަތުރުވެރިކަމާ ބެހޭ އެކިއެކި ފަރާތްތައް އަދި އިންޑިއާގެ ބައެއް އިންވެސްޓަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އެގޮތުން އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓަސް އަދި ފެޑެރޭޝަން އޮފް ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް އިންޑިއާގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.